އަންނަ 2023 ގެ ރިޔާސީ އިންތިހާބުގައި ތާއިދުކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސަށް ތާއީދު ކުރައްވާކަން ހާމަކޮށް މިނިސްޓަރު މާރިޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް ސޯލިހުގެ ކެބިނެޓުގައި އެމަނިކުފާނާއެކު މަސައްކަތް ކުރައްވަމުންދާއިރު، ރައީސް ސޯލިހަކީ ކެތްތެރި އަދި ވަރަށް މޮޅު ޓީމް ލީޑަރެއް ކަމަށެވެ.
[އަދި] ހުޅުވިފައިވާ ވިސްނުމަކާ އެކު އެހެން މީހުންގެ އަޑުއަހަން ތައްޔާރަށް ހުންނެވި ބޭފުޅެއް. ނަމަވެސް ކަންކަން ނިންމަން ޖެހޭ ދަނޑިވަޅުގައި ގޮތް ނިންމަވާ [ބޭފުޅެއް،]،" މާރިޔާ ވިދާޅުވިއެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ 2023ގައި އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށާއި އެއީ މުޅި ރާއްޖެއަށްވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ.
އަދި އެމްޑީޕީން ވެރިކަން ބޭނުން ނަމަ އެމަނިކުފާނަކީ 'ޗޮއިސްއެއް' ކަމަށާއި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކޯލިޝަނަކާއެކު އެމަނިކުފާނަށް ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް ވިދާޅުވެފައެވެ
ޚަބަރު
ޚަބަރު
ޚަބަރު