ހުޅުމާލޭފައި މާބުލް ސީޓުތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓެއިނާއަކުން މާބުލް ޝީޓުތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި ދެ މީހަކު ތާށިވެފައިވާ ކަމުގެ މައުލޫމާތު މިއަދު 15:30 ހާއިރު ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި ދެ ބިދޭސީންނަށް އަނިޔާވި އިރު، އެތަނުން އެކަކު މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަނެއް މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށްވެސް ބުންޏެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
ޚަބަރު
ޚަބަރު