Close
ޚަބަރު

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަމަށް ސުއޫދު އައްޔަންކޮށްފި

އަލީ ޔާމިން

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު އައްޔަންކޮށްފިއެވެ.

މި މަގާމަށް ސުއޫދު އައްޔަންކޮށްފައި ވަނީ ކުރިން އެމަގާމުގައި ހުރި ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެ މަގާމަށް ސުއޫދު އައްޔަނުކުރުމަށް ނިންމާފައިވަނީ ފަނޑިޔާރުންގެ ޖަމިއްޔާގެ ހިންގާ ކޮމެޓީންނެވެ. އެ ނިންމުން ސުއޫދު ވަނީ ގަބޫލުކުރައްވައި ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ.

މި ޖަމިއްޔާގެ މަގުސަދަކީ އަދުލު އިންސާފު ގާއިމްކުރުމާއި ޝަރީއަތްކުރުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް، ޝަރުއީ ދާއިރާއާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ ހިމާޔަތާއި މިނިވަންކަމާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމެވެ.

ފަނޑިޔާރުންގެ ޖަމިއްޔާ އަލުން އުފައްދާފައިވަނީ 2019 ވަނަ އަހަރުއެވެ.