އެސްޓްރެބޮން އިން ބާއްވާ އެކުންފުނީގެ ފުރަތަމަ އެކްސްޕޯ މިއަދު އިފްތިތާހުކޮށްފިއެވެ.
މެންހަޓަން ބިޒްނަސް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "އެސްޓްރެބޮން އެކްސްޕޯ 2022" އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މި އެކްސްޕޯ އޮންނަނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މެންހަޓަން ބިޒްނަސް ހޮޓެލުގައެވެ.
އެސްޓްރަބޮން އިން ބުނީ، އެ އެކްސްޕޯއަކީ ރިސޯޓުތަކުގެ ސާމާނާއި ފުޑް އެންޑް ބެވަރޭޖަސް ޕްރޮޑަކްޓުތަކުގެ 360 ޑިގްރީ ވިއުގައެއް ފޯރުކޮށްދޭ ޕްރޮޑަކްޓް ޓްރޭޑް އެގްޒިބިޝަނެއް ކަމަށެވެ. މި އެކްސްޕޯގައި އެކުންފުނިން ވިއްކާ ބައިނަލްއަގުވާމީ ބްރޭންޑުތަކުގެ ތަފާތު ގިނަ އުފެއްދުންތައް ދައްކާލައި ލިބެން ހުންނާނެ ކަމަށާއި މި އެކްސްޕޯ ކުރިއަށް ގެންދަނީ ރާއްޖޭގައި ލިބެން ހުރި "ހޮރެކާ" ބްރޭންޑުގެ ތަފާތު އުފެއްދުންތައް މާކެޓުކުރުމުގެ ތަސައްވުރުގައި ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެސްޓްރެބޮން އިން އިތުރަށް ބުނީ މި އިވެންޓުގެ ސަބަބުން ކަސްޓަމަރުންނާއި ސަޕްލައި ކުރާ ފަރާތްތަކާ ސީދާ ގުޅޭނެ ގޮތް ހަދައިދިނުމުގެ އިތުރުން އެސްޓްރެބޮން މެދުވެރިކޮށް ސަޕްލައި ކުރާ ފަރާތްތަކާއެކު ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ފުރުސަތުތައް ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ. އަދި މި އެކްސްޕޯ ކޮންމެ އަހަރަކު ވެސް ބާއްވާ ޓްރޭޑް އިވެންޓެއްގެ ގޮތުގައި ބާއްވާނެ ކަމަަށާއި ރިސޯޓުތަކާއި ހޮޓަލްތަކާއި ރެސްޓޯރެންޓުތަކާއި ކެފޭތަކާއި ހޯމް ބޭކަރުންނާއި އަދިވެސް އިންޑަސްޓްރީގެ އެތައް މެމްބަރުންނަކަށް ދައުވަތު އަރުވައިގެން ދިރާސާ ކުރުމަށް ދައުވަތު ދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓްރެބޮންގެ ފްލެގްޝިޕް އިވެންޓެއްގެ ގޮތުގައި ބާއްވާ މި އެކްސްޕޯގައި އެސްޓްރެބޮން އިން ލިބެން ހުންނަ ބައިނަލްއަގުވާމީ އެތައް ބްރޭންޑުތަކަކާއެކު 10-15 ސަޕްލަޔަރުން އެފަރާތްތަކުގެ އުފެއްދުންތައް ދައްކާލާނެ ކަމަށް އެކުންފުނިން ބުނެއެވެ. އަދި އުންމީދަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ހޮސްޕިޓަލިޓީ ޓްރޭޑް އިވެންޓަކަށް އެ އެކްސްޕޯ ވުން ކަމަށް އެސްޓްރެބޮން އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު