މިދިޔަ ހަފުތާގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 87 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން 87 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މާލޭ ސަރަހައްދުން 37 މީހަކާއި އަތޮޅުތެރެއިން ނުވަ މީހަކާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ސަފާރީތަކުން 38 މީހެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 298 މީހަކު ވަނީ މަރުވެފައެވެ. އެއީ 279 ދިވެހީންނާއި 19 ބިދޭސީންނެވެ.

ރާއްޖެއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުމާ ގުޅިގެން 2020 ވަނަ އަހަރު އިއުލާންކުރި ސިއްހީ ކުއްލި ހާލަތު ވަނީ މިމަހުގެ 13 ވަނަ ދުވަހު އުވާލައިފައެވެ.