ގއ. ވިލިނގިލީގައި މިރޭ ހިނގި ލޯންޗު އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް އެ ރަށު ހޮސްޕިޓަލުން މިރޭ ބުނެފި އެވެ.
ވިލިނގިލީ ކައުންސިލް މެމްބަރު ޒައިނުއްދީން މުހައްމަދު މިރޭ "ވަން" އަށް ވިދާޅުވީ ލޯންޗު ނެރުގައި ޖެހުނު ގަޑީގައި ދުއްވަން އިން މީހާ އޮތީ ވިއްސަައިގެން ގޮސް ލޯންޗުގެ ވިންޑްސްކްރީން ތަޅައިގެން ބޭރަށް ނުކުމެފައި ކަމަށެވެ. އަދި ބިއްލޫރިތަކުން އޭނާގެ ކަރު ކަފައިގެން ގޮސް މޫނުމައްޗަށްވެސް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނީ އޭނާއަށް ކަމަށެވެ.
މި އެކްސިޑެންޓުގައި ލޯންޗުން ދަތުރުކުރި ދެ މީހަކު ވަނީ މަރުވެފައެވެ. އެއީ ގއ. ވިލިނގިލީ ދޫރެސް، މިސްބާހު އަބްދުލް މުހުސިން އާއި ނ. ލަންދޫ، އުރަހަ، އަހުމަދު ޝާފިއުއެވެ.
އެ ރަށު ހޮސްޕިޓަލު މެނޭޖަރު އަހުމަދު ޝަރީފް "ވަން" އަށް ވިދާޅުވީ، ތިން މީހުން އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޗާޓަރު ފްލައިޓެއްގައި ތިން މީހުންވެސް މިރޭ މާލެ ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު