ޚަބަރު

ކަށީގެ ޑޮކްޓަރު ޝާން ރާއްޖެ ދޫކޮށް އަބޫދާބީ އަށް

ރިފާ ހަލީލު

ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރު، ޔޫސުފް ޝާން ރާއްޖެ ދޫކުރައްވައި އަބޫދާބީ އަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

އައިޖީއެމްއެޗުގައްޔާއި ރާއްޖޭގެ އެކި ކުލިނިކުތަކާއި އަތޮޅުތެރޭގެ އެކި ކުލިކުތަކާއި ހޮސްޕިޓަލްތަކަށް ޒިޔާރަތްކުރައްވައި މަސައްކަތް ކުރެއްވި ޑރ. ޝާން އަބޫދާބީއަށް ވަޑައިގަތުމަށް ނިންމެވި ސަބަބެއް ހާމައެއް ނުކުރައްވާ އެވެ.

އައިޖީއެމްއެޗުން ވަނީ ޑރ. ޝާން އަށް އަލްވަދާއު ކިޔުމަށް ފެއާވެލް އެއްވެސް ބާއްވައިފަ އެވެ. އެ ހޮސްޕިޓަލުން ބުނީ އެތަނުގެ ސީނިއާ ކަށީގެ ޑޮކްޓަރު، ޝާން އެ ހޮސްޕިޓަލުގެ ވަޒީފާއިން ކެނޑިގެން އަދި ރާއްޖެ ދޫކުރައްވައި އަބޫދާބީއަށް ވަޑައިގަތުމަށް ނިންމަވައިފައިވާ ކަމަށެވެ.

ޑރ. ޝާން ވަނީ އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރެއްގެ މަގާމު އެއް އަހަރަށްވުރެ ގިނަ ދުވަހު އަދާކުރައްވައިފަ އެވެ. ނަމަވެސް އަބޫދާބީއަށް ވަޑައިގަތުމަށް ނިންމަވައި އެ މަގާމުން މިމަހުގެ އެއްވަނަ ދުވަހު އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ޑރ. ޝާން އަކީ ރާއްޖޭގެ އެންމެ މޮޅު ކަށީގެ ޑޮކްޓަރުންގެ ތެރެއިން އެއް ޑޮކްޓަރެވެ. އޭނާ ރާއްޖެ ދޫކޮށް ވަޑައިގަތުމަށް ނިންމުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅުކުރަމުނެވެ.