ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ޓަވަރުގައި މީޑިއާނެޓްގެ އޮފީހެއް ހުޅުވައިފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ މީޑިއާނެޓް އޮފީސް ހުޅުވާފައިވަނީ ހިޔާ ޓަވަރު 12 ގައި ކަމަށެވެ.
އަދި ބުނީ އެ ކުންފުނީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް މީޑިއާނެޓު ފަދަ އައިއެސްޕީތަކުން ރައްޔިތުންނަށް އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިވެފައިވާ ކަމަށެވެ.
ހުޅުމާލެ ފޭސް ދޭކަށް މީޑިއާނެޓްގެ ހިދުމަތް ފޯރުކޮށްދޭން ފަށާފައިވަނީ މިއަހަރުއެވެ.
ހުޅުމާލެ ފޭސް ދޭއްގައި މިހާރު ގިނަ ބަޔަކު ދިރިއުޅެމުންދާ އިރު، އެޗްޑީސީން ގެންދަނީ އެތަނަށް ބޭނުންވާ ޒަރޫރީ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެޗްޑީސީން ވަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން ހިޔާ ޓަވަރުތަކުގައި ކެމެރާވެސް ހަރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު