ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށް، އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު ހަސަން އަލް ހަމާދީ ވޯލްޑް ކަޕް ބައްލަވައިލެއްވުމަށް ވަޑައިގަތުމަށް ދައުވަތު އަރުވައިފި އެވެ.
ރައީސް ސޯލިހަށް މި ދައުވަތު އެރުވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސް ސޯލިހާއި ހާލިދު އާ ދެ ބޭފުޅުން ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވަނީ އުރީދޫން ރާއްޖޭގައި ދެމުން އަންނަ ހިދުމަތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވަނީ ވޯލްޑްކަޕްގެ މެޗެއް ބައްލަވައިލެއްވުމަށް ވަޑައިގެންނެވުމަށް ރައީސް ސޯލިހަށް ދައުވަތު އަރުވައިފައެވެ. އަދި ވޯލްޑްކަޕްގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ބޯޅައެއް ހާލިދު ވަނީ ރައީސް ސޯލިހަށް ހަދިޔާއަކަށް އަރުވައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު