އިތުރު 288 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1،79،171 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން 288 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މާލޭ ސަރަހައްދުން 37 މީހަކާއި އަތޮޅުތެރެއިން 205 މީހަކާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ލިވަބޯޑުތަކުން 46 މީހެކެވެ.
މި ރެކޯޑް ތަކަށް ބަލާއިރު ދުވާލަކަށް ޕޮޒިޓިވް ވެފައި ވަނީ 41 މީހުންނެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 298 މީހަކު ވަނީ މަރުވެފައެވެ. އެއީ 279 ދިވެހީންނާއި 19 ބިދޭސީންނެވެ.
ރާއްޖެއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުމާ ގުޅިގެން 2020 ވަނަ އަހަރު އިއުލާންކުރި ސިއްހީ ކުއްލި ހާލަތު ވަނީ މިމަހުގެ 13 ވަނަ ދުވަހު އުވާލައިފައެވެ.