ރޯދަ މަހުގެ 24 ވަނަ ރޯދައާއި ބައްދަލުކުރާ އިރު، ބާޒާރުގައި މިއަދު އެންމެ ގިނައިން ފެންނަން ހުރީ ދޮންއަނބެވެ. ރާއްޖޭގެ އެކި ރަށްރަށުން ގެނެސްފައި ހުރި ތާޒާ ދޮންއަނބު، އެކި އަގުތަކުގައި ވިއްކަން ހުރި އިރު، ކިލޯއެއް ވިއްކަނީ 50ރ އިން ފެށިގެން 70ރ އާދެމެދުގެ އަގުތަކުގައެވެ. ނަމަވެސް ބާޒާރުގައި އަނބު އާންމުކޮށް ވިއްކަނީ ބައި ބަޔަށެވެ. އެކި ގޮޅިތަކުން ބައިބަޔަށް އަޅާފައި ހުންނަ އަދަދު ތަފާތުވިޔަސް އާއްމުކޮށް ބައެއްގައި ހުރީ 15-20 އަނބެވެ. އެއިން ބައެއް ލިބެނީ 100ރ އަށެވެ.

ތަކެތީގެ އަގުތަކަށް ބަލާއިރު ކަނޑުމަހުގެ އަގު މިއަދުވެސް ވަނީ ބޮޑުވެފައެވެ. މަސް މާރުކޭޓުން މިއަދު ކަޅުބިލަމަސް ލިބެނީ ކިލޯއެއް 45-50ރ އަށެވެ. މާރުކޭޓުގައި މިއަދުވެސް ގޮދާ ކިލޯއެއް ލިބެންހުރީ 65-70ރ އަށެވެ. ކަންނެލި ކިލޯއެއް ލިބެނީ 65ރ އަށެވެ. އަދި ކުދި ސައިޒުގެ ކަޅުބިލަމަހާއި ކަންނެލި، 10ރ އަށް މަހެއްގެ ރޭޓުން ވިއްކަން އެބަހުއްޓެވެ.

އެހެނިހެން ތަކެތީގެ އަގަށް ބަލައި އިރު، ކުރުނބާގެ އަގުވެސް މިހާރު ވަނީ ދަށްވެފައެވެ. 25-30 އަށް ކުރުނބާ ލިބެން ހުރި އިރު، އެހެނިހެން ބާވަތްތަކުގެ އަގުތަކަށް މާބޮޑު ބަދަލެއް ނާދެއެވެ.

އަލަނާސި ކަރާ: 30-35 ރުފިޔާއަށް ކިލޯއެއް

ކަރާ: 30 ރުފިޔާއަށް ކިލޯއެއް

އިޖިޕްޓް ފޭރު: 75-80 ރުފިޔާއަށް ކިލޯއެއް

ކުރުނބައެއް: 25-30 ރުފިޔާއަށް

ފެޝަން ފުރުޓް: 60-80 ރުފިޔާއަށް ކިލޯއެއް

ދޮން އަނބު: 50-70 ރުފިޔާއަށް ކިލޯއެއް

ބޮންތިރަތް ކެޔޮ: 30-35-40 ރުފިޔާއަށް ކިލޯއެއް

ފުސްކެޔޮ: -60-65 ރުފިޔާއަށް ކިލޯއެއް

މާޅެސްކެޔޮ: 40-50 ރުފިޔާއަށް ކިލޯއެއް

ފަޅޯ: 40-50 ރުފިޔާއަށް ކިލޯއެއް

ކަށިކެޔޮ (ރަތް): 15 ރުފިޔާއަށް 2 ވައް

ރޯ ކަދުރު: 280-300 ރުފިޔާއަށް ކިލޯއެއް

ކަންކުން: 5 ރުފިޔާއަށް ބޮނޑިއެއް

ކުއްޅަފިލާފަތް: 10 ރުފިޔާއަށް ބޮނޑިއެއް

ހިކަނދިފަތް: 10 ރުފިޔާއަށް ބޮނޑިއެއް

ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް

ރާނބާފަތެއް: 5 ރުފިޔާއަށް

ސައިޒު ބޮޑު ކާއްޓެއް: 10 ރުފިޔާއަށް

މެދު އަދި ކުޑަ ސައިޒުގެ ކާއްޓެއް: 8-5-3 ރުފިޔާއަށް

ފިޔާ: 10-15 ރުފިޔާއަށް ކިލޯއެއް

އަލުވި: 15-18 ރުފިޔާއަށް ކިލޯއެއް

ލޮނުމެދު: 40 ރުފިޔާއަށް ކިލޯއެއް

ކިއުކަމްބާ: 30-35 ރުފިޔާއަށް ކިލޯއެއް

ކެރެޓް: 25-30 ރުފިޔާއަށް ކިލޯއެއް

ބަށި: 45-65 ރުފިޔާއަށް ކިލޯއެއް

ޓޮމާޓޯ: 30-65 ރުފިޔާއަށް ކިލޯއެއް

ބީންސް: 65 ރުފިޔާއަށް ކިލޯއެއް

ބަޓާނާ: 50 ރުފިޔާއަށް ކިލޯއެއް

ލެޓިއުސް: 40-60 ރުފިޔާއަށް ކިލޯއެއް

ތޮޅިމިރުސް: 40 ރުފިޔާއަށް ކިލޯއެއް

ގިތެޔޮމިރުސް(ކަނޑޫދޫ އަދި ލ. މިރުސް): 200-350 ރުފިޔާއަށް ކިލޯއެއް

ލުނބޯ: 50-55 ރުފިޔާއަށް ކިލޯއެއް

ކެޕްސިކަމް: 65 ރުފިޔާއަށް ކިލޯއެއް

ކަނޑުމަސް: 45-50 ރުފިޔާއަށް ކިލޯއެއް

ކަންނެލި: 65 ރުފިޔާއަށް ކިލޯއެއް

ގޮނދާ: 65-70 ރުފިޔާއަށް ކިލޯއެއް

މުށިމަސް: ނެތް

ދޮންމަސް: 20 ރުފިޔާއަށް ތިން/ ހަތަރު މަސް

ރިއް މަސް: 20 ރުފިޔާއަށް ތިން/ ހަތަރު މަސް

ކުދި ފިލޮޅު، ގިނި މަސް: 40-50-80 ރުފިޔާއަށް މަހެއް

ބޮޑު ރަތްމަސް: 100-350 ރުފިޔާއަށް މަހެއް