ގަޑިއަކު ބާވީސްހާސް މޭލުގެ ބާރުމިނުގައި 500 ޓްރިލިއަން ޓަނުގެ ބިޔަ ދުންތަރިއެއް ދުނިޔެއާ ދިމާލަށް ދަތުރުކުރަމުންދާ ކަމަށް އެމެރިކާގެ ޖައްވާއިބެހޭ އިދާރާ، ނާސާއިން ބުނެފިއެވެ.
ބާނަޑިނޭއްލީ ބާންސްޓައިންގެ ނަން ދެވިފައިވާ މި ދުންތަރީގެ ވަށަމިނުގައި އެކަނިވެސް 80 މޭލު ހުރެއެވެ. މިއީ މިހާތަނަށް ރިކޯޑް ކުރެވިފައިވާ އެންމެ ބިޔަ އައިސް ދުންތަރިއެވެ. އިރަވީ ނިޒާމުގެ އެންމެ ދުރުން މި ދުންތަރި ދުނިޔެއާ ދިމާލަށް ދަތުރުކުރަމުންދާއިރު ދުނިޔެއާ އެންމެ ގާތްވާނީ 2031 ވަނަ އަހަރުގެ ކޮންމެވެސް ތާރީޚެއްގައެވެ. ސައެންސްވެރިން ލަފާކުރާ ގޮތުގައި މި ދުންތަރި ދުނިޔެއާ އެންމެގާތްވާއިރުވެސް އެއްބިލިޔަން މޭލަށްވުރެ ގާތެއް ނުވާނެއެވެ.
ނާސާއިން ބުނާގޮތުގައި މިއީ ދުނިޔެއިން ޑައިނަސޯތައް ނެތިގެންދިޔުމަށް މެދުވެރިވި ގިނިހިލަޔަށްވުރެވެސް ބޮޑު ދުންތަރިއެކެވެ. އެކަމަކު މި ދުންތަރި ދުނިޔެއާ މުޑިއެރުމުގެ އެއްވެސް ފުރުސަތެއް ނެތުމާއެކު މީސްތަކުން ބިރުގަންނަންޖެހޭ ސަބަބެއް ނެތްކަމަށްވެސް ބުނެއެވެ.
ޑައިނަސޯތައް ދުނިޔެއިން ނެތިގެން ދިޔައީ މީގެ 65 މިލިއަން އަހަރު ކުރިން ގަލްފް އޮފް މެކްސިކޯއޭ މިހާރު އެކިޔާ ސަރަހައްދަށް ވެއްޓުނު ބިޔަ ގިނިހިލައެއްގެ ސަބަބުންނެވެ. މިހާރު ދުނިޔެެއާ ދިމާލަށް ދަތުރުކުރާ އައިސް ދުންތަރި މިދެންނެވި ގިނިހިލަޔަށްވުރެ ދިހަ ގުނަ ބޮޑުކަމަށް ސައިންސްވެރިން ގަބޫލުކުރެއެވެ. މި ދުންތަރިއަށް ނަންދީފައިވަނީ އެދުންތަރި ހޯދި މީހުންނަށް ނިސްބަތްކޮށްފައެވެ.
ސައިންސް
ސައިންސް
ސައިންސް
ސައިންސް