ތ. ގާދިއްފުށި ފެނާއި ނަރުދަމާ މަޝްރޫއުގެ ދަށުން، ފެނުގެ މަސައްކަތަށް ބޭނުންވާ މެޓީރިއަލްސް އެރަށަށް ގެންގޮސްފި އެވެ.
ގާދިއްފުށި ފެނާއި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓުފޯމްތައް މެދުވެރިކޮށް މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން ޕާކިން ޝެޑް ހެދުމުގެ މަސައްކަތުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ފެނުގެ މަސައްކަތަށް ބޭނުންވާ މެޓީރިއަލްސް މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން 4070 މީޓަރު ދިގު ނަރުދަމާ ވިއުގައެއް ގާއިމުކުރުމާއި ނަރުދަމާގެ ޕަމްޕް ސްޓޭޝަނުން 210 މީޓަރުގެ ހޮޅި ގުޅުމާއި ދެ ޕަމްޕް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މި މަޝްރޫއަކީ 20.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު