އަޅުގަނޑުމެންގެ ލޮބުވެތި ދަރިން ތަރުބިއްޔަތު ކުރަމުން އަންނައިރު، ދޮގު ހެދުމަކީ އެމީހެއްގެ ގައިގައި އަށަގަންނާނޭ އެންމެ ނުބައި އެއް އާދަ ކަން، އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގުއި، ވިސްނައިދޭން ޖެހެއެވެ.
މީހެއްގެ ގައިގައި ދޮގުހެދުން އަށަގެންފައިވާނަމަ އެމީހަކީ، މީހުންގެ ތެރޭގައިވެސް ގަދަރު ކުޑަވެގެންދާނެ މީހެއްކަން ވެސް އަޅުގަނޑުމެން ދަރީންނަށް ވިސްނައިދޭންޖެހެއެވެ. މީގެ އިތުރުން ﷲ ސުބުހާނަހޫ ވަތައާލާގެ ހަޒުރަތުގައި ވެސް އެމީހަކީ ގަދަރު ކުޑަވެެގެންދާނެ މީހެއްކަން އަޅުގަނޑުމެންގެ ދަރިންނަށް ވިސްނައިދޭން ޖެހެއެވެ.
ހަމަ ކަށަވަރުން ދޮގުހަދާ ކަމުގައި ވަނީ ﷲ ސުބުހާނަހޫ ވަތައާލާގެ އާޔަތްތަކަށް އީމާން ނުވާ މީހުންކަމަށް، އެކަލާނގެ ވަހީ ކުރައްވާފައިވެއެވެ.
ދޮގުހަދާ މީހަކީ މީސްތަކުންގެ މެދުގައި ވެސް މަގުބޫލު މީހަކަށް ނުވާނެއެވެ. އަދި މީސްތަކުން އެމީހަކު ދެކެ ލޯބިވާ މީހެއްކަމުގައިވެސް ނުވާނެއެވެ. ﷲ ސުބުހާނަހޫ ވަތައާލާގެ ހަޒުރަތުގައި ވެސް ދޮގުހަދާ މީހުންނަކީ ލޮބުވެތި ވެގެންވާ ބައެއްނޫނެވެ.
ދޮގު ހެދުމަކީ އެކަމުގެ ނުރައްކާތެރިކަން ވަރަށްބޮޑު ކަމެކެވެ. އެކަމަކީ އޭގެ ސަބަބުން މީހުންނާމެދު މުޖުތަމައުގައިި، ދޮގު ވާހަކަަތައް ދެއްކުމާއި، ކޮރަޕްޝަނާއި ހިޔާނާތާއި އަދި ވައުދާ ހިލާފުވުމާއި މި ހުރިހާ ކަމެއްގެ އަސްލު ކަމަށްވާތީއެވެ.
އެހެންކަމުން އަޅުގަނޑުމެން، އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކުރަމުން އަންނައިރު އެންމެ އަހައްމިއްޔަތުކަމެއް ދޭންޖެހޭނެ އެއްކަަމަކީ އެކުދިންގެ ކިބައިން ދޮގުހެދުން ނައްތާލުމެވެ. އޭރުން އެކުދިން ވެގެންދާނީ ތެދުވެރި ރަނގަޅު ކުދިން ތަކަކަށެވެ. އަދި ގައުމަށް ފައިދާހުރި ކުދިންތަކެއްކަމުގައެވެ.
މެސެޖު ދެއްވީ: އައްޝެއިޚު ޝުޢައިބު ނާޒިމް / އިލްމު އިންސްޓިޓިއުޓް