ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް އިންޓަނެޓު ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް މިހާރު ހުށަހެޅޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން ބުނީ މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ގެނެވުނު ބަދަލެއް ކަމަށެވެ.
ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަކީ މުސާރަ ލިބޭ ފަރާތްތަކަށާއި ރިޓަޔަމަންޓް ޕެންޝަން ލިބޭ ފަރާތްތަކަށް 300،000 ރުފިޔާއާ ހަމަޔަށް ދޫކުރާ ފައިނޭންސިން އެއް ކަމަށާއި އެގޮތުން ތަކެތި ގަތުމުގެ ފުރުސަތާއި ކަސްޓަމަރު ބޭނުންނަމަ ފައިސާވެސް ދޫކުރާނެ ކަމަށް އެ ބޭންކުން ބުނެ އެވެ.
މަހުން މަހަށް މުސާރަ ނުލިބޭ ފަރާތްތަކަށްވެސް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މައިކްރޯ މެދުވެރިކޮށް 25،000 ރުފިޔާއާ ހަމަޔަށް ފައިސާ ދޫކުރާނެ ކަމަށް އެ ބެންކުން ވަނީ ބުނެފަ އެވެ.
ޕާސަނަލް ފައިނޭންސް އަދި ޕާސަނަލް ފައިނޭންސިން މައިކްރޯ އަށް ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެ އެވެ. ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ނަގުދު ފައިސާ ނެގޭ ހިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުސޫލެއް ކަމުގައިވާ ތަވައްރުގް އުސޫލުން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.
ބީއެމްއެލް ލުއި އެކްސްޕްރެސް އަދި ލުއި މައިކްރޯ މިހާރު ނަގާފައިވާ ކަސްޓަމަރުންނަށްވެސް މި ފެސިލިޓީ މެދުވެރިކޮށް ރީފައިނޭންސް ކުރެވޭނެ ކަމަށް އެ ބެންކުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު