އެލައިޑް އިންޝުއަރަންސާއި އެކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް ގުޅިގެން ރަމަޟާން މޮޓޯ ކެމްޕެއިން ލޯންޗްކޮށްފިއެވެ.
މިއަދުން ފެށިގެން އަންނަ އަންނަ މަހުގެ 22ގެ ނިޔަލަށް ކުރިއަށްގެންދާ މި ކެމްޕެއިންގެ ދަށުން މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންސް ވަރަށް ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭނަކާއެކު، ގޭތެރޭގައި ހުންނަ ސާމާނު ރައްކާތެރިކުރެވޭ ހޯމް ކޮންޓެންޓް ޕްލޭންގެ ވައުޗަރެއް މުޅިން ހިލޭ ލިބޭނެ ކަމަށް އެލައިޑުން މައުލޫމާތުދެއެވެ.
ޖުމުލަ 150،000 ރުފިޔާގެ ސާމާނަށް ކަވަރޭޖް ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ޕްލޭނަކީ އޮންލައިންކޮށް www.myallied.mv އިން ރެޑީމްކޮށްލެވޭ، ބޭނުން ފަރާތަކަށް ހަދިޔާވެސް ކޮށްލެވޭނެ ޕްލޭނެއް ކަމުގައި އެލައިޑުން ފާހަގަކުރެއެވެ.
20-25 އިންސައްތައިގެ ބޮޑެތި ޑިސްކައުންޓް އަގުތަކަކާއެކު ފަށާފައިވާ ރަމަޟާން މޮޓޯ ކެމްޕެއިންގައި ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންސްއިން ސައިކަލު ރައްކާތެރިކުރުމުގެ އަގު އެވްރެޖުކޮށް 695 ރުފިޔާއާ ހަމައަށް ތިރިކޮށްފައިވާ އިރު، ކާރާއި ޖީޕް ފަދަ އުޅަނދު ރައްކާތެރިކުރުމަށް ހޭދަވަނީ އެންމެ 2,875 ރުފިޔާގެ އަދަދެކެވެ.
އެލައިޑުން މައުލޫމާތުދޭ ގޮތުގައި ވެހިކަލަށް ފުރިހަމަ ރައްކާތެރިކަން ލިބޭގޮތަށް ފަރުމާކޮށްފައިވާ ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންސްއިން ރައްކާތެރިކަން ލިބޭ އާންމު ހާލަތްތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާތަކުންނާއި ފެންބޮޑުވުމުން ލިބޭ ގެއްލުން، މީހުން ގަސްދުގައި ދޭ ގެއްލުން އަދި މީގެ އިތުރުން މަތިން އެއްޗެއް ވެއްޓިގެން އުޅަނދަށް ލިބޭ ގެއްލުންތަކާއި އެހެނިހެން ހާލަތްތައްވެސް ކަވަރުކުރެއެވެ.
ރަމަޟާން ކެމްޕެއިނާ ގުޅޭގޮތުން އެލައިޑުން ބުނީ ކާރުބާރު ބޮޑު މާލޭގެ މަގުތަކުގައި ދުއްވާއިރު ވެހިކަލަށް ފުލް ކަވާއެއް އޮތުމަކީ މުހިންމު ކަމެއް ކަމަށާއި ސަބަބަކީ ސަރުކާރުން ލާޒިމުކުރާ ތާޑް ޕާޓީ މޮޓޯ ޕްލޭންސްއަކީ ހަމައެކަނި ތިންވަނަ ފަރާތާއި އެފަރާތުގެ ވެހިކަލަށް ލިބޭ ގެއްލުން ކަވަރުކުރާ ޕްލޭނަކަށް ވުން ކަމަށެވެ. އަދި މިއާ ހިލާފަށް ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންސްއަކީ ވެހިކަލްގެ ވެރިފަރާތަށާއި އޭނާގެ އަމިއްލަ އުޅަނދަށް ލިބޭ ގެއްލުންތަކަށްވެސް ރައްކާތެރިކަން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ދެގުނަ ފައިދާ ކުރުވަނިވި ޕްލޭނަކަށްވުން ކަމަށް އެލައިޑުން ބުނެއެވެ.
އަމިއްލަ ޖީބުން ހޭދަކޮށްގެން ނަގާ ޕްލޭންސްއިން އަމިއްލަ ވެހިކަލަށް ލިބޭ ގެއްލުންތަކަށް ރައްކާތެރިކަން ނުލިބޭ ވާހަކައަށް ކޮމްޕްރިހެންސިވް މޮޓޯ އަކީ ދާއިމީ ހައްލެއް ކަމަށާއި އެލައިޑުގެ އަމާޒަކީ ރަމަޟާން ކެމްޕެއިންގެ ތެރެއިން ކުންފުނިން ފޯރުކޮށްދޭ އާންމުންނަށް ބޭނުންތެރި ހިދުމަތްތަކާ ގުޅޭ އެވެއާނެސް އިތުރުކޮށް ހެޔޮއަގުގައި ހުރިހާ ފަރުދުންނަށްވެސް މި ހިދުމަތް ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އެލައިޑުން ބުންޏެވެ.
އެގޮތުން ރައްކާތެރިކަމުގެ ޑަބަލް ލޭޔާއަކާއެކު ކުރިއަށްގެންދާ މި ކެމްޕެއިނުގެ މަގުސަދަކީ މަގުމަތީގައިވެސް އަދި ގޭތެރޭގައިވެސް ދިވެހި އާއިލާތައް އެކު އެކީ ރައްކާތެރިކޮށް، ރަމަޝާން މަހުގެ އުފާ އަހަރަކަށް ދެމިގެންދާ ގޮތަށް ފޯރުކޮށްދިނުން ކަމުގައި އެލައިޑުން ފާހަގަކުރެއެވެ. މި ކެމްޕެއިން ކުރިއަށްގެންދަނީ ކޮންމެ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭނަކާއެކު ހޯމް ކޮންޓެންޓް ޕްލޭނެއް ހިލޭ ދޭ އުސޫލުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު