"ރޯދައިގެ މެސެޖް" އަކީ މި ބަރަކާތްތެރި ރޯދަމަހުގެ ކޮންމެ ދުވަހަކު ހަވީރު 06:00 ގައި ވަން މީޑިއާ ގުރޫޕުގެ ޑިޖިޓަލް ޓީވީ، ވަން ޕްލަސް އިން ގެނެސްދޭ ނަސޭހަތުގެ ބަސްކޮޅެކެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ ވަން މީޑިއާ ގުރޫޕާއި އިލްމު އިންސްޓިޓިއުޓް ގުޅިގެންނެވެ.
ތިޔަބައިމީހުން މާތް ﷲ އަށް ތަގުވާވެރިވުމަށްޓަކައި، އިސްވެދިޔަ އުއްމަތްތަކަށް ރޯދަ ފަރުލު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ރޯދަ ފަރުލު ކުރައްވާފައިވާކަމަށް، މާތްﷲ ވަހީ ކުރައްވާފައިވެއެވެ.
އެހެންކަމުން މި ރޯދައިގެ ހިކުމަތަކީ، ތަގުވާވެރިވުން ކަމަށް، މާތް ﷲ ތައާލާ އަޅުގަނޑުމެންނަށް މި ވަނީ ބަޔާން ކޮށްދެއްވަައިފައެވެ. އެކަމަށްޓަކައި، މާތް ﷲ ސުބުހާނަހޫ ވަތައާލާ އަމުރު ކުރެއްވި އެންމެހައި އަމުރުފުޅުތަކަށާއި، މާތް ނަބިއްޔާ އަމުރު ކުރެއްވި އެންމެހައި އަމުރުފުޅުތަކަށް ކިޔަމަންވެ، ފުރިހަމައަށް ބޯލަނބައި، ނަހީކުރެއްވި ކަންތައްތަކުން ދުރުވާންޖެހެއެވެ.
އެކަންތައްތަކަށް ބަލާއިރު، ރޯދަ ފަރުލު ކުރެއްވީ، ކީރިތި ގުރުއާނުގަ އާއި ކީރިތި ރަސޫލާގެ ސުންނަތުގައި ބަޔާންވެގެންވާ ކަންތައްތަކަށް ކިޔަމަންވެ، ދުރުހެލިވާން އަންގަވާފައިވާ ކަންތައްތަކުން ދުރުހެލުވުމަށްކަން ދޭހަވެއެވެ.
މެސެޖު ދެއްވީ: އަލްއުސްތާޛް އުސާމް މުހައްމަދު / އިލްމު އިންސްޓިޓިއުޓް
ދީން
ދީން
ދީން
ދީން