ރޯދަ މަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިހްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމް މިރޭ ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ، މިރެއިން ފެށިގެން ކޮންމެ ހަފުތާއެއްގެ އާދިއްތަ، ބުރާސްފަތި އަދި ހުކުރު ދުވަހުގެ 21:30 އިން 22:30 އަށް އިހްޔާ ފޯރަމްތައް ކުރިއަށްދާނެ ކަމަށެވެ. އާދިއްތަ އަދި ބުރާސްފަތި ދުވަހު ބާއްވާ އިހްޔާ ފޯރަމް އޮންނާނީ އިސްލާމީ މަރުކަޒުގައެވެ.
މިރޭ އިސްލާމީ މަރުކަޒުގައި އޮންނަ އިހްޔާ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ އައްޝައިހް އިލްޔާސް ހުސައިންއާއި އައްޝައިހް ނަސްރުﷲ އަލީއެވެ. މިރޭގެ މައުލޫއަކީ "ހެޔޮކަމުގެ މޫސުމުގެ ފައިދާ ލިބިގަތުމުގައި އަވަސްވެގަންނާށެވެ!" މިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ހުކުރު ދުވަހުގެ ރޭގެ އިހްޔާ ފޯރަމްތައް ކުރިއަށް ގެންދާނީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ކަމަށެވެ. އެގޮތުން އަންނަ ހުކުރުގައި ކުޅުދުއްފުށި ސިޓީގައި، 15 އޭޕްރިލްގައި އައްޑޫ ސިޓީގައި، 22 އޭޕްރިލްގައި ފުވައްމުލަކު ސިޓީގައި، އަދި 29 އޭޕްރިލްގައި ރ. އުނގޫފާރުގައި އިހްޔާ ފޯރަމް ކުރިއަށް ގެންދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު