ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެމެރިކަން އެކްސްޕްރެސް ކާޑުން ކުރާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލުން މިއަދު ބުނީ މި ޕްރޮމޯޝަނަކީ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭގައި ކުރާ ވިޔަފާރިތަކަށް ހާއްސަ ޕްރޮމޯޝަނެއް ކަމަށެވެ.
މި ޕްރޮމޯޝަންގެ ދަށުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދެއެވެ. ޕްރޮމޯޝަންގެ ބޮޑު އިނާމަކީ ދެ މީހެއްގެ ދެކޮޅު ޓިކެޓާއި 1000 ޑޮލަރެވެ. އޭގެ އިތުރުން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯން 13 ޕްރޯއެއް ލިބޭނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އިއްޔެ އިން ފެށިގެން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުގައި ޝާއިއުކުރެވިފައިވާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
ތިން ލައްކައަށްވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށްވުރެ ގިނަ މާޗެންޓުންނާއެކު ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. މީގެ އިތުރުން ބީއެމްއަލްއަކީ ރާއްޖޭގައި އެކްސްކުލޫސިވްކޮށް އެމެރިކަން އެކްސްޕްރެސް ހިދުމަތްދެމުންދާ ބޭންކް ވެސްމެެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު