ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ގެކޮޅު ކައިރީ ކުރަމުންދިޔަ މުޒާހަރާ ރޫޅާލައި، ކާފިއު އުވާލައިފިއެވެ.
ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ހާލަތާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ނުރުހުން ފާޅުކޮށް ރައީސް ރާޖަޕަކްސަގެ ގެކޮޅު ކައިރީ މުޒާހަރާކޮށް ހަމަނުޖެހުން ހިންގުމުގެ ސަބަބުން އެގައުމުގައި ވަނީ ކާފިއު އިއުލާނުކޮށްފައެވެ.
ލަންކާގެ ރައީސް ރާޖަޕަކްސާގެ އިސްތިއުފާއަށް ގޮވައި ގެކޮޅު ކައިރީ ކުރަމުންދިޔަ މުޒާހަރާ ރޫޅައިލުމަށް ގިނަ އަދަދެއްގެ ފުލުހުން ވަނީ ބޭނުންކޮށްފައެވެ. ފުލުހުންނާއި އާއްމުންގެ މެދުގައި ހިނގި މި ހަމަނުޖެހުމުގެ ތެރެއިން 45 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ކޮލޮމްބޯގެ މިރްހާނާ ރެސިޑެންޝަލް ކުއާޓަރުގައި ހުންނަ ރާޖަޕަކްސާގެ ގެކޮޅު ކައިރީ އޮތް ސިފައިންގެ ބަހެއްގައި ރޯކޮށް ފުލުހުންގެ އިތުރު ވެހިކަލެއްގައި ވެސް ރޯކޮށްލާފައިވާއިރު މި ހަމަނުޖެހުން ކޮންޓްރޯލުކުރުމަށް ފުލުހުން ވަނީ ކަރުނަ ގޭސް ވެސް ބޭނުންކޮށްފައެވެ. މިކަން ހިނގިއިރު ރައީސް ރާޖަޕަކްސާ ގެކޮޅުގައި ނޫޅުއްވާކަމަށް ހަބަރުތައް ބުނެއެވެ.
22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންކާގެ އިގުތިސާދު އަޑިއަޅާލައި، އާއްމުން ޒަރޫރީ ބޭނުންތަކަށާއި ކާބޯ ތަކެއްޗާއި ތެލުގެ ބާވަތްތައް ކަމަށްވާ ޕެޓްރޯލާއި ޑީސެލް ހޯދުމަށް ދިގު ކިޔޫތަކުގައި ޖެހެމުން އަންނައިރު އެގައުމުގައި މާރާމާރީތައް ވެސް ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން އިއްޔެއިން ފެށިގެން ޑީސަލް ވިއްކުން އެގައުމުގެ ސަރުކާރުން ހުއްޓާލާފައިވާއިރު ޖެނެރޭޓަރުތަކަށް ބޭނުންވާ ވަރަށް ޑީސަލް ނެތްކަމަށް ބުނެ މިހާރުވެސް ކަރަންޓު ކަނޑަމުންދާ ވަގުތު ވަނީ 13 ގަޑިއިރަށް އިތުރުކޮށް، މަގުމަތީގެ ލައިޓުތައް ނިއްވާލަން ނިންމައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ