މިއަހަރުގެ "ރެހެންދި އެވޯޑް" އަށް ބޭފުޅަކާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ދީފިއެވެ.

ހުޅުމާލޭ ރެހެންދި ސްކޫލުގައި މިރޭ ބޭއްވި އެވޯޑް ދިނުމުގެ ޖަލްސާގައި ރެހެންދި އެވޯޑު ލިބުނު ބޭފުޅުންނާއި ފަރާތްތަކަށް ބުރޫޗާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން އަދި ރާއްޖޭގެ ފަސްޓް ލޭޑީ، ފަޒްނާ އަހުމަދެވެ.

ރެހެންދި އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

  • ވަކިވަކި ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ފިރިހެނުންނާއި އަންހެނުންގެ ދާއިރާ - ނަފީސާ އަލީ، މުނިޔާގެ، ތ. ވިލުފުށި
  • ސިއްހީ ދާއިރާ - ލެފްޓެނިންޓް ފިރުޝާނާ ތައުފީގު، ސަންރައިޒް، ގދ. ފަރެސްމާތޮޑާ
  • ސިއްހީ ދާއިރާ - ޑރ. ފާތިމަތު މުފްތިލާ، ހ. ކަނޑިގެ-2، މާލެ
  • ފަންނުވެރިކަމާއި ސަގާފަތާއި ތަރިކައިގެ ދާއިރާ - އިއްޒަތު އަހުމަދު ނިޒާރު، ސެލްވިން، ހދ. މަކުނުދޫ
  • ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ - އައިޝަތު އިބްރާހިމް، ހ. ކުއްޅަވަށްގަސްދޮށުގެ، މާލެ
  • އިޖުތިމާއީ ދާއިރާ - ދިމްނާ ފާކިރު، ގުލްދަސްތާގެ، ސ. ފޭދޫ
  • އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ - ފާތިމަތު ޖަބީން، މ. ނިވްހިލްމަން، މާލެ
  • ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ - ޝިމްލާ އަހުމަދު، އާސްޓްރަލްގެ، ސ. ހިތަދޫ
  • ވަޒީފާދޭ ފަރާތްތައް/ މުއައްސަސާތަކުގެ ދާއިރާ - މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ރެހެންދި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުން އަދި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ވަކި ފަރުދުންނާއި ޖަމިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ އިތުރުން، ރާއްޖޭގެ ގައުމީ ތަރައްގީއަށާއި އަންހެނުންގެ ކުރިއެރުމަށް އަގުހުރި ހިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް، ޖެންޑާ މިނިސްޓްރީން ކޮންމެ އަހަރަކު ދެމުން އަންނަ ހާއްސަ އެވޯޑެކެވެ.

މި އެވޯޑު ދޭން ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން ކޮންމެ އަހަރަކު އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާގައި މި އެވޯޑު ދެއެވެ. 2020 ވަނަ ސަރުކާރުން ވަނީ މި އެވޯޑަށް ކުރިމަތިލުމަށް ފިރިހެނުންނަށްވެސް ފުރުސަތު ލިބޭ ގޮތަށް ކެޓަގަރީއެއް ހިމަނައިފައެވެ.