ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށްގެން ފިޔާ، ބިސް އަދި އަލުވި ވިއްކާނެ ހެޔޮ އަގުތަކެއް އެސްޓީއޯއިން ކަނޑައަޅައިފިއެވެ.
އެސްޓީއޯއިން ބުނީ، ރޯދަ މަސް ނިމެންދެން އެސްޓީއޯގެ ސުޕަމާޓުން ފިޔާ، ބިސް އަދި އަލުވި ހެޔޮ އަގުގައި ލިބޭނެ ކަމަށެވެ. އަދި ހޯލްސޭލްކޮށް ނަގާ ފަރާތްތަކަށްވެސް ހާއްސަ އަގުތަކެއްގައި އެތަކެތި ލިބޭނެ ކަމަށް ބުންޏެވެ.
- ފިޔާ: ބަސްތާއެއް 300 ރުފިޔާއަށް، ކިލޯއެއް 14 ރުފިޔާއަށް
- އަލުވި: ބަސްތާއެއް 280 ރުފިޔާއަށް، ކިލޯއެއް 13 ރުފިޔާއަށް
- ބިސް: ކޭހެއް 300 ރުފިޔާއަށް، ބިހެއް 1.75 ރުފިޔާއަށް
- އަލުވި ބަސްތާއެއް: 270 ރުފިޔާއަށް
- ބިސް ކޭހެއް: 290 ރުފިޔާއަށް
- ފިޔާ ބަސްތާއެއް: 290 ރުފިޔާއަށް
ރޯދަ މަސް ފެށެން 15 ވަރަކަށް ދުވަހަށްވެފައިވާ އިރު، އާންމު ބާޒާރުތަކުގައި ފިޔާ ބަސްތާއެއް ވިއްކަނީ 360-370 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ބިސް ކޭހެއް 335 ރުފިޔާއާއި 350 ރުފިޔާއަށް ވިއްކާ އިރު، އަލުވި ބަސްތާއެއް ވިއްކަނީ 150 ރުފިޔާއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު