ސްރީ ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވުމުން އެގައުމަށް ދަތުރު ނުކުރުމަށް ބައެއް ގައުމުތަކުން އިލްތިމާސްކޮށްފިއެވެ.
ލަންކާގެ އިގުތިސޯދީ ހާލަތު ދަށްވެ، އެގައުމުގައި ކާބޯތަކެތީގެ އަގު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި ތެލާއި ކައްކާ ގޭހުގެ އަގުވެސް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ.
ލަންކާއަށް ދަތުރުނުކުރުމަށް އެދި ކެނެޑާއިން ނެރުނު ޓްރެވެލް އެޑްވައިޒަރީގައި ބުނީ، ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ، އެންމެ އަސާސީ ތަކެތި ހޯދަން ވެސް ދަތިވެފައިވާ ކަމަށާއި ކާބޯތަކެއްޗާއި ބޭހާއި ތެކެތި ހޯދަން ދިގު ކިޔުލައިނެއްގައި ތިބެން ޖެހޭ ކަމަށެވެ. އަދި ލަންކާއަށް ދަތުރުކުރާ ކެނެޑާ ރައްޔިތުން އެކަށީގެންވާ ވަރަށް ކާބޯތަކެތި ގެންދިއުމަށާއި ތެޔޮ ލިބޭނެ ގޮތް ހޯދުމަށް ވެސް ކެނެޑާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އިނގިރޭސިވިލާތުން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ވަނީ، ލަންކާގައި ކާބޯތަކެއްޗާއި ބޭސް އަދި ތެޔޮ ލިބުން ދަތިވާތީ ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފައެވެ. އަދި ލަންކާއަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ދަތުރުނުކުރުމަށް ވެސް އިލްތިމާސްކުރިއެވެ.
ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެފައިވާތީ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތެއް މިހާރު ނެތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކޮލަމްބޯގައި މިއަދު ބޮޑު އެއްވުމެއްވެސް ވަނީ ބާއްވައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ