ފުލުހުން ކަނޑުމަތީގައި ހިންގި އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެއްޗާއެކު އިންޑިއާ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ޑުރަގު އެންފޯސްމަންޓު ޑިޕާޓުމަންޓާއި ފުލުހުންގެ އިންޓެލިޖެންސާ ގުޅިގެން ރޭ ކަނޑުމަތީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އިންޑިއާގެ 37 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ހައްޔަރުކުރި މީހާއަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކުރިނަމަވެސް ކޮންމެވެސް ސަބަބަކާ ހެދި ކޯޓުތަކުން އެމީހުން ދޫކޮށްލާތީ އާންމުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު