ހައިރައިޒުން އިންތިޒާމުކުރާ "ފުޑް އެންޑް ބެވަރޭޖް ޝޯ" ގެ މިއަހަރުގެ އެޑިޝަނުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
މިއަހަރުގެ އެފްއެންބީ ޝޯ ކުރިއަށްގެންދިއުމަށް ހަމަޖައްސައިފައިވަނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުން ފެށިގެން ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ދިރާގުން މިއަދު ބުނީ މިފަހަރުގެ ޝޯގައި ވެސް ރާއްޖެއާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރިސޯޓު، ހޮޓާ، ގެސްޓްހައުސްތަކާއި ސަފާރީތަކުގެ އިތުރުން ކާބޯތަކެތި ހޯލްސޭލް ކުރާ ފަރާތްތަކާއި ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ބައިވެރިވާ އެކި ފަރާތްތަކުން ބައިވެރިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެފްއެންބީ ޝޯއަކީ ކާބޯތަކެއްޗަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ފެއާއެކެވެ. މި ޝޯއަށް ކޮންމެ އަހަރަކު ވެސް ބޮޑު ތަރުހީބެއް ލިބެމުން ދެއެވެ. މީގެ ކުރިން މި ޝޯގެ ހަތަރު އެޑިޝަނެއް ވަނީ ބާއްވައިފައެވެ. ނަމަވެސް ކޮވިޑުގެ ހާލަތާ ގުޅިގެން ފާއިތުވި ދެ އަހަރު، އެ ޝޯ ބޭއްވޭ ގޮތް ވަނީ ނުވެފައެވެ.
ދިރާގަކީ ރާއްޖޭގައި ބޭއްވޭ މިފަދަ އެކްސްޕޯތަކަށް ބޭނުންވާ ޑިޖިޓަލް އެހީތެރިކަމާއި ކަނެކްޓިވިޓީގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ. ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު