ރަމަޟާން މަހު ކައިވެނިކޮށްދޭ ގަޑިތައް ފެމިލީ ކޯޓުން އާންމުކޮށްފިއެވެ.
ފެމިލީ ކޯޓުން މިއަދު ބުނީ، ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފެމިލީ ކޯޓުން ކައިވެނިކޮށްދޭނީ ވަކި ގަޑިތަކެއްގައި ކަމަށެވެ.
އެގޮތުން ކޯޓުން ރަސްމީ ގަޑީގައި ކައިވެނިކޮށްދޭނީ ހެނދުނު 9:30 އިން މެންދުރު 12:30 އަށް އަދި ނުރަސްމީ ގަޑިތަކުގައި ރޭގަނޑު 9:30 އިން ރޭގަނޑު 11:00 އަށެވެ. ކޯޓުން ބޭރުގައި ވެސް ކައިވެނިކޮށްދޭން ހަމަޖެހިފައިވަނީ ރޭގަނޑު 9:30 އިން ރޭގަނޑު 11:00 އަށެވެ.
މިހާރު ނުރަސްމީ ގަޑިތަކުގައި ފެމިލީ ކޯޓުން ކައިވެނިކޮށްދެނީ ހަވީރު 4:00 އިން ރޭގަނޑު 9:30 އަށެވެ. ކޯޓުން ބޭރުގައި ކައިވެނިކޮށްދެނީ ވެސް އެ ގަޑިތަކުގައެވެ.
ކޮވިޑާ ގުޅިގެން ފެމެލީ ކޯޓުން ވަނީ ރަސްމީ ގަޑީގައި ކައިވެނިކޮށްދޭ ގަޑިތަކަށް ބަދަލު ގެނެސްފައެވެ. މިހާރު ރަސްމީ ގަޑީގައި ކައިވެނިކޮށްދެނީ ހެނދުނު 9:00 އިން 11:30 އަށް އަދި މެންދުރުފަހު 1:00 އިން 1:30 އަށެވެ.