މާފިލާފުއްޓަށް ސިފައިންގެ ތަމްރީން ހަދަންދިޔަ މީހަކު މަރުވެއްޖެއެވެ.

އެމްއެންޑިއެފުން މިއަދު ބުނީ މަރުވީ މާފިލާފުއްޓަށް އިއްޔެ ތަމްރީނަށް ދިޔަ ގދ. ގައްދުއަށް ނިސްބަތްވާ ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް، 19 އ. އެވެ.

އޭނާ މަރުވީ ނޭވާލާން އުދަނގޫވެގެން ފަރުވާއަށް ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދެމުން ދަނިކޮށް ކަމަށްވެސް ބުންޏެވެ.

މިދިޔަ އަހަރު އިންޑިއާގައި ތަމްރީން ހަދަމުންދިޔަ ސިފައިންގެ މީހަކުވެސް ވަނީ މަރުވެފައެވެ.