ކ. ހިންމަފުށި ބަނދަރުގެ ތޮށިލުމަށް ބޭނުންވާ ބޮޑު ހިލައިގެ އެންމެފަހު ސިޕްމެންޓު އެރަށަށް ގެންގޮސްފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވަސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތުގެ 81 ޕަސަންޓު މިހާރު ނިމިފައިވާ ކަމަށާއި ބަނދަރުގެ ތޮށިލުމަށް ބޭނުންވާ ބޮޑު ހިލައިގެ އެންމެފަހު ސިޕްމެންޓު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.
ހިންމަފުށި ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އައު ހާބަރު ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި 38 މީޓަރުގެ ސަރަހައްދެއްގައި ތޮށިލުން ހިމެނެއެވެ. އަދި 248 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމާއި 172 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
ހިންމަފުށި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ އެމްޓީސީސީއާ ހަވާލުކުރީ 25.88 މިލިއަން ރުފިޔާއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު