ހއ. ހޯރަފުށީ އެއާޕޯޓްގެ ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
ހޯރަފުށީ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަޕްޑޭޓް ދެމުން އެމްޓީސީސީ އިން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން ގްރޮއިން ޖެހުމުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާ ކަމަށާއި ބޭރުތޮށީގެ ޕްރޮފައިލިންގް މަސައްކަތުގެ 35 ޕަސެންޓް މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ 2021 ޖޫން 26 ގައެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަސް ތެރޭގައި ނިންމާގޮތަށް 90.5 މިލިއަން ރުފިޔާގެ އަގަކަށެވެ.
މި މަޝްރޫޢުގެ ދަށުން، ހޯރަފުށީގެ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު