ޕެޓް މާސްޓާ އިން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ދޫނި މާރައިލި މައްސަލައިގައި، ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެޓާނީޖެނެރަލް (އޭޖީ)ގެ ލަފާ ހޯދަންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ރައްްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި، ޕެޓް މާސްޓާ އިން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ދޫނިތަކެއް މާރާލި މައްސަލަ ވަރަށްބޮޑަށް ކުށްވެރިކުރައްވަމުން އީނާ ވިދާޅުވީ އެކަން ހަޖަމް ނުކުރެވޭ ކަމަށެވެ.
ކުރީގައި ކަންތައް ކުރީ އެގޮތަށް ކަމަށްބުނެ މިހާރު އެކަން އެގޮތަށް ކުރަން ނުޖެހޭ ކަމަށާއި، އެކަންތައްތަކަށް އެހެން ވިސްނުމެއް ގެންނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމަށް އިތުރު ވިސްނުމެއް ނުގެނެވި ސަރުކާރުގެ ވަޒީރަކު، އެ ދޫނިތަކުގެ މައްސަލައިގައި އެޓާނީޖެނެރަލްގެ ލަފައަޔަށް އެދެން ޖެހުނު ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް އީވާ ވިދާޅުވިއެވެ.
"އެކަމުގައި ސަރުކާރުގެ ވަޒީރަކު އޭޖީގެ ލަފަޔަށް އެދެން ޖެހޭ ސަބަބެއް ނުވިސްނޭ، އެކަމަށް އެހެން ވިސްނުމެއް ވަޒީރަށް ނުގެނެވުނު ސަބަބެއްވެސް ނުވިސްނޭ، އަޅުގަނޑަށް ހަޖަމެއް ނުކުރެވޭ އެ ދޫނިތައް މަރައިލަން ޖެހުނު ސަބަބެއް،"
އީވާ ވިދާޅުވީ، އެ ދޫނިތައް މަރައިލި މައްސަލައިގައި ކަންބޮޑުވަނީ ޒުވާނުން އެކަނި ނޫން ކަމަށެވެ. އަދި އެތަކެތި މަރައިލި މަންޒަރު ފެނުމުން ވަރަށް އުނދަގޫވި ކަމަށާއި، އެތަކެތި މަރާލަން ޖެހުނު ސަބަބެއް ފެނިވަޑައި ނުގަންނަވާ ކަމަށްވެސް އީވާ ވިދާޅުވިއެވެ. އެތަކެތި ރާއްޖެއަށް އެތެރެ ކޮށްގެން ގަވާއިދާ ހިލާފުވެގެން ކުށް ކޮށްފައިވަނީ އިންސާނުން ކަށެވެ. ނަމަވެސް މައްސަލައިގައި ދޫނިތަކަށް އެހެން ހަދަން ނުޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އެފަދަ ތަކެތި ނައްތާލަން ގަވައިދެއްގައި އޮތޭކިޔައިފަ، އެކަން އެގޮތަށް ކުރަން ނުޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"އެކަންކުރީ ގަވާއިދުގައި އޮތިއްޔޭ ކިޔާފަ މިދައްކަނީ ދޫނިތަކެއްގެ ވާހަކަ ޖަނަވާރުތަކެއްގެ ވާހަަކަ މިދައްކަނީ އެހެންވީމާ ކޮންމެވެސް ވިސްނުމެއް މިކަމަށް ގެންނަން ޖެހޭ،"
"ޕެޓް މާސްޓާ" އިން ގެނައި 120 ދޫނި، ފިޝަރީޒް މިނިސްޓްރީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްލާންޓް އެންޑް އެނިމަލް ޔުނިޓުގައި މަރާލި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެކަމާ މިނިސްޓްރީން ބުނަނީ ދޫނިތައް މަރާލާފައިވާނީ ގަވާއިދުގެ ތެރެއިން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު