އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ އެކެޑެމީ އެވޯޑްސް ނުވަތަ އޮސްކާ އަށް މިއަހަރު ވާދަކުރާ ފަރާތްތަކުގެ ނަންތައް ދި އެކެޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައެންސަސް އިން އިއުލާނުކޮށްފިއެވެ.

މި އަހަރުގެ އޮސްކާ އަށް ވާދަކުރާ ފިލްމުތަކާއި ކެޓެގަރީތައް އިއުލާނުކޮށްފައިވަނީ އޭބީސީން ކުރިއަށް ގެންދިޔަ އޮންލައިން އިވެންޓެއްގައެވެ. މި އިވެންޓު ހުށަހަޅައިދީފައިވަނީ އެމީ ހާސިލުކޮށްފައިވާ ލެސްލީ ޖޯޑަން އަދި ޓްރެސީ އެލިސް ރޮސް އެވެ. ފިލްމު '''ދަ ޕަވާ އޮފް ދަ ޑޯގް'' 12 ކެޓެގަރީއަކުން ވަނީ ނޮމިނޭޓުވެފައެވެ. ސްކައި-ފައި ފިލްމު ''ޑިއޫން'' 10 ކެޓެގަރީއަކަށް ނޮމިނޭޓުވެފައިވާއިރު ''ބެލްފާސްޓް'' އަދި ''ވެސްޓްސައިޑް ސްޓޯރީ'' އަށް 7 ނޮމިނޭޝަން ވަނީ ލިބިފައެވެ.

އެންމެ މޮޅު އެކްޓަރަށް ވާދަކުރާ އިނގިރޭސިވި ތަރިންގެ ތެރޭގައި ''ދަ ލޮސްޓް ޑޯޓާ'' އިން އޮލީވިއާ ކޯލްމަން، ''ދަ ޕަވާ އޮފް ދަ ޑޯގް'' އިން ބެނެޑިކްޓް ކަމްބަބެޗް އަދި ''ޓިކް ޓިކް ބޫމް'' އިން އެންޑްރޫ ގާފީލްޑް ހިމެނޭއިރު ފިލްމު ''ބެލްފާސްޓް'' އިން ޑޭމް ޖޫޑީ ޑެންޗް އަދި ކީރޫން ހައިންޑްސް އެންމެ މޮޅު ސަޕޯޓިންގް އެކްޓަރުންނަށް ވާދަކުރެއެވެ. އަދި ހަމަ އެ ފިލްމުގެ ޑައިރެކްޓަރު ސަރ ކެނެތު ބްރަނާގް ވަނީ އެންމެ މޮޅު ޑައިރެކްޓަރަށްވެސް ނޮމިނޭޓުވެފައެވެ.

މިއަހަރުގެ އެވޯޑު ހަފުލާ އިންތިޒާމުކުރުމުގެ ޝަރަފު އޭބީސީއަށް ލިބިފައިވާއިރު މި ހަފުލާ ހުށަހަޅައިދިނުމަށް އެމްސީ އަކަށް ހަމަޖެހިފައިވަނީ ކޮން ފަރާތެއް ކަން އަދި ހާމަކޮށްފައެއް ނުވެއެވެ. މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 94ވަނަ އެކެޑެމީ އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވަނީ 27 މާޗް 2022 ވާ އާދިއްތަ ދުވަހުގައެވެ.

އޮސްކާ އަށް ވާދަކުރާ ބައެއް ކެޓެގަރީތަކާއި ވާދަކުރާ ފަރާތްތަކުގެ ނަންތައް މިވަނީއެވެ.

1- ބެލްފާސްޓް

2- ކޯޑާ

3- ޑޯންޓް ލުކް އަޕް

4- ޑްރައިވް މައި ކާރ

5- ޑިއޫން

6- ކިންގް ރިޗާޑް

7- ލިކޮރިސް ޕިއްޒާ

8- ދަ ޕަވާ އޮފް ދަ ޑޯގް

9- ނައިޓްމެއާ އެލީ

10- ވެސްޓް ސައިޑް ސްޓޯރީ

1- ކެނެތު ބްރަނާގް - ބެލްފާސްޓް

2- ރުސުކޭ ހަމުގަޝި - ޑްރައިވް މައި ކާ

3- ޕޯލް ތޯމަސް އެންޑަސަން - ލިކޮރިސް ޕިއްޒާ

4- ޖޭން ކެމްޕިއޮން - ދަ ޕަވާ އޮފް ދަ ޑޯގް

5- ސްޓީވެން ސްޕީލްބާގް - ދަ ވެސްޓް ސައިޑް ސްޓޯރީ

1- ހެވިއާ ބާޑެމް - ބީއިންގް ދަ ރިކާޑޯސް

2- ބެނެޑިކްޓް ކަމްބަބެޗް - ދަ ޕަވާ އޮފް ދަ ޑޯގް

3- އެންޑްރޫ ގާފީލްޑް - ޓިކް ޓިކް ބޫމް

4- ވިލް ސްމިތު - ކިންގް ރިޗާޑް

5- ޑެންޒެލް ވޮޝިންޓަން - ދަ ޓްރޭޖެޑީ އޮފް މެކްބެތު

1- ޖެސިކާ ޗެސްޓެއިން - ދި އައިސް އޮފް ޓެމީ ފެއި

2- އޮލީވިއާ ކޯލްމަން - ދަ ލޮސްޓް ޑޯޓާ

3- ޕެނެލޮޕޭ ކްރޫޒް - ޕެރެލަލް މަދާސް

4- ނިކޯލް ކިޑްމަން - ބީއިންގް ދަ ރިކާޑޯސް

5- ކްރިސްޓަން ސްޓުވާޓް - ސްޕެންސާ

1- ކީރޫން ހައިންޑްސް - ބެލްފާސްޓް

2- ޓްރޮއީ ކޮސަ - ކޯޑާ

3- ޖެސީ ޕްލެމެންސް - ދަ ޕަވާ އޮފް ދަ ޑޯގް

4- ޖޭކޭ ސިމަންސް - ބީއިންގް ދަ ރިކާޑޯސް

5- ކޯޑީ ސްމިޓް މެކްފީ - ދަ ޕަވާ އޮފް ދަ ޑޯގް

1- ޖެސީ ބަކްލީ - ދަ ލޮސްޓް ޑޯޓާ

2- އަރިއާނާ ޑި ބޯސް - ވެސްޓް ސައިޑް ސްޓޯރީ

3- ޖޫޑީ ޑެންޗް - ބެލްފާސްޓް

4- ކާސްޓަން ޑަންސްޓް - ދަ ޕަވާ އޮފް ދަ ޑޯގް

5- އަޖުނޫ އެލިސް - ކިންގް ރިޗާޑް

1- އެންކަންޓޯ

2- ފްލީ

3- ލޫކާ

4- ދަ މިޗެލްސް ވާސަސް ދަ މެޝިންސް

5- ރާޔާ އެންޑް ދަ ލާސްޓް ޑްރެގަން