މާލޭގައި އެޕޮއިންޓްމެންޓް ހެދުމަކާ ނުލައި ކޮވިޑުގެ ބޫސްޓާ ޑޯޒް ޖަހައިދޭން ފަށައިފިއެވެ.
ބޫސްޓާ ޑޯޒް އާންމުންނަށް ހުޅުވާލައިގެން ޖަހަން ފެށީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް މީގެ ކުރިން ބޫސްޓާ ޑޯޒް ޖަހައިދެމުން އައީ އެޕޮއިންޓްމަންޓް އުސޫލުންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ އެޕޮއިންޓްމެންޓް ހެއްދުމަކާ ނުލައި މާލޭގެ ހުރިހާ ވެކްސިން ސެންޓަރުތަކަށް ގޮސް ފައިޒާގެ ބޫސްޓާ ޑޯޒް ޖެހޭނެ ކަމަށެވެ.
މާލޭ ސަރަހައްދުގައި ކޮވިޑުގެ ބޫސްޓާ ޑޯޒް ޖަހައިދެނީ، ހުޅުމާލެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ސެނެހިޔާއާއި ދަމަނަވެށްޓާއި ދަރުބާރުގޭގެ އިތުރުން ވިލިމާލެ ހޮސްޕިޓަލުންނެވެ.
އިއްޔެގެ ނިޔަލަށް ރާއްޖޭގައި 91،387 މީހަކު ވަނީ ބޫސްޓާ ޑޯޒް ޖަހައިފައެވެ. މިހާތަނަށް 397،804 މީހަކު ފުރަތަމަ ޑޯޒް ޖަހާފައިވާ އިރު، ދެވަނަ ޑޯޒް ޖަހާފައިވަނީ 370،161 މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު