ށ. ފީވަކު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ފީވަކު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް މިދިޔަ މަހުގެ 29 ވަނަ ދުވަހު ނިއްމާލާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 40،420 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 14،743 ކިއުބިކް މީޓަރު ނެރު ފުންކުރުމާއި 474 މީޓަރު އެއްގަމު ތޮށި ލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި 356 މީޓަރުގެ ބޭރުތޮށި ލުމާއި 182 މީޓަރު ރިވެޓްމެންޓް އާއި 27 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ އިތުރުން 2،320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.
މި މަޝްރޫއަކީ 67.6 މިލިއަން ރުފިޔާއަށް ޖުލައި 2، 2019 ގައި އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއެކެވެ. މި މަޝްރޫއު ނިންމަން ހަވާލުކުރީ 390 ދުވަހުގެ ތެރޭގައެވެ. އަދި މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ 13 ސެޕްޓެމްބަރު 2019 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު