އައިޖީއެމްއެޗުގެ އޯޕީޑީގެ ހިދުމަތް މާދަމާ ނުލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ، އޯޕީޑީ ބަންދު ނަމަވެސް ކުރިއެކޭވެސް އެއްގޮތަށް އެމަނަޖެންސީގެ ހިދުމަތް 24 ގަޑިއިރަށް ލިބޭނެ ކަމަށެވެ.
މާދަމާއަކީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވާ ދުވަހެވެ. އެހެންކަމުން މާދަމާ ހަމަޖައްސާފައިވަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައެވެ.
އައިޖީއެމްއެޗުގެ އޯޕީޑީގެ ހިދުމަތްތައް މެދުކަނޑާލަނީވެސް މާދަމާއަކީ ބަންދު ދުވަހަކަށް ވުމުންނެވެ.
އައިޖީއެމްއެޗުގެ އޯޕީޑީގެ ހިދުމަތްތައް މެދުކަނޑާލަން ނިންމާފައިވާ އިރު، ކޮވިޑާ ގުޅިގެން ޑައުންގްރޭޑް ކުރި ބައެއް ހިދުމަތްތައް މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން ކުރިއެކޭވެސް އެއްގޮތަށް ދޭނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު