ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެ މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 277 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ހެނދުނުގެ 6:51ގައި މަރުވެފައިވަނީ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމީހާ މަރުވީ ހުޅުމާލޭގައި ހުންނަ ކޮވިޑު ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށެވެ. އެމީހާއަކީ މީގެ 16 ދުވަސް ކުރިން ކިޑްނީ ބައްޔަށް ބޭސް ކުރަން ފެށި މީހެކެވެ. އަދި ލޭ މައްޗަށް ދިޔުމާއި ހަކުރު ބަލި އަދި ކޮލެސްޓްރޯލަށް ވެސް ބޭސް ކުރަމުންދިޔަ މީހެކެވެ. ނަމަވެސް މަރުވީ ކޮވިޑު ބަލީގަ އެވެ.

ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން ދުވަސްވި މީހަކު ރޭގެ ވަގުތެއްގައިވެސް ވަނީ މަރުވެފަ އެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 277 އަށް އަރައިފައެވެ. އެއީ 259 ދިވެހީންނާއި 18 ބިދޭސީންނެވެ.

ކޮވިޑު ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ 2020 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.