އުރީދޫ މޯލްޑިވްސްއިން، ޖެންޑާ މިނިސްޓްރީ އަށް 10 ޓެބްލެޓް ހަދިޔާކޮށްފިއެވެ.
އުރީދޫން މި ޓެބުތައް ހަވާލުކޮށްފައިވަނީ މިކަމަށްޓަކައި ޖެންޑާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މިނިސްޓްރީގެ ފަރާތުން ޓެބްލެޓްތަކާ ހަވާލުވެވަޑައިގެންނެވީ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދުދީދީ އެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން މިނިސްޓްރީއާ ޓެބްލެޓްތައް ހަވާލުކޮށްދެއްވީ، ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް އެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރު އައިޝަތު މުހައްމަދުދީދީ ވަނީ އުރީދޫ މޯލްޑިވްސްގެ ފަރާތުން ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާކުރައްވައިފައި ކަމަށާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދީންނަށް ބޭނުންވާ އެހީތެރިކަމާ ގުޅޭ ގޮތުން މިނިސްޓަރު ވަނީ މައުލޫމާތު ހިއްސާ ކުރައްވާފައި ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުންޏެވެ.
އުރީދޫ މޯލްޑިވްސްގެ ފަރާތުން ހަދިޔާކުރި ޓެބްލެޓްތައް ބޭނުން ކުރާނީ ދައުލަތުގެ ބެލުމުގައި ދަށުގައި ތިބި ކިޔަވާ ކުދީންނަށް ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުން 194 ކުދީން ބަލަހައްޓަމުންދެއެވެ.
ޖެންޑާ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ދައުލަތުގެ ބެލުގެ ދަށުގައި ތިބި ކުދީންނަށް ރައްކާތެރި، އަމާން މާހައުލެއް ގާއިމުކޮށްދިނުމުގެ ބޭނުމުގައި ހއ. ދިއްދޫ، ށ.ފޮނަދޫ، ބ. އޭދަފުށި އަދި ފުވައްމުލަކުގައި ވަނީ އަމާން ވެށިތައް ގާއިމުކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް އަމާން ވެށިތައް ގާއިމުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ޖެންޑާއިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު