ސިނަމާލެ ބުރިޖު ޕާކިން ޒޯނުގައި ކޮވިޑު ސާމްޕަލް ނަގާ ސެންޓަރެއް ހުޅުވައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން މިރޭ ބުނީ، ސިނަމާލެ ބުރިޖު ޕާކިން ޒޯނުގައި އަލަށް ހުޅުވި ސާމްޕަލް ސެންޓަރުން ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 12:00 އަށް، އަދި މެންދުރުފަހު 3:00 އިން ފެށިގެން ހަވީރު 6:00 އަށް ސާމްޕަލް ނަގައިދޭނެ ކަމަށެވެ.
ހުކުރު ދުވަހު އެ ސެންޓަރުން ސާމްޕަލް ނަގައިދޭނީ މެންދުރުފަހު 3:00 ފެށިގެން ހަވީރު 6:00 އަށް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި އަނެއްކާވެސް ގޯސްވެ، ބައްޔަށް ޓެސްޓު ކުރާ މީހުން އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ ސާމްޕަލް ނަގައިދޭ ސެންޓަރުތައް އިތުރުކޮށްފައެވެ. މިހާރު ޖުމުލަ އަށް ތަނަކުން ހިލޭ ސާމްޕަލް ނެގޭނެ އިންތިޒާމު އެޗްޕީއޭއިން ވަނީ ހަމަޖައްސައިފައެވެ.
މާލެއިން ބޭރަށް ދަތުރުކުރާ މީހުން ޕީސީއާރު ޓެސްޓު ހަދަން ޖެހޭ ގޮތަށް މިމަހު ނުވަވަނަ ދުވަހު ނިންމުމާ ގުޅިގެން މާލެ ސަރަހައްދުގައި ހުންނަ ސާމްޕަލް ސެންޓަރުތަކަށް ވަނީ ބާރު ބޮޑުވެފައެވެ.
- ހުޅުމާލެ ދެ ވަނަ ފޭސް: ކޮންމެ ދުވަހަކު މެންދުރުފަހު 3:30 އިން ހަވީރު 6:30 އަށް
- ހެންވޭރު ފުޓުބޯޅަ ދަނޑު: ކޮންމެ ދުވަހަކު މެންދުރުފަހު 3:30 އިން ހަވީރު 6:30 އަށް
- ސޯޝަލް ސެންޓަރު: ހޮނިހިރު - ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން މެންދުރު 12:00 އަށް، އަރި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް
- ވިލިމާލެ ފްލޫ ކްލިނިކް: ކޮންމެ ދުވަހަކު ހަވީރު 4:00 އިން ހަވީރު 6:30 އަށް
- ރުއްގަނޑު 1، ހުޅުމާލެ: ހޮނިހިރު - ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން މެންދުރު 12:00 އަށް، އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް
- ސިނަމާލެ ބުރިޖު ޕާކިން ޒޯނު: ހޮނިހިރު - ބުރާސްފަތި (ދުވަހު ހެނދުނު 9:00 އިން މެންދުރު 12:00 އަށް، އަދި މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް. ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް
ޚަބަރު
ޚަބަރު
ޚަބަރު