ރާއްޖޭގެ ނުވަ ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހަދިޔާކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ, އެ ބޭންކުގެ ސީއެސްއާރް ސިޔާސަތުގެ ދަށުން ހާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ހަދިޔާކުރި އާލާތްތަކަކީ ކުދިންގެ ގާބިލުކަމާއި އެހެން މިހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް ކަމަށެވެ. އަދި ބޭންކުން ފޯރުކޮށްދިން އެހީތެރިކަމާ އެކު އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުން އަންނަ 330 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.

ބީއެމްއެލް އިން ސެން ކްލާސްތަކަށް މި ތަކެތި ހަދިޔާ ކޮށްފައި މިވަނީ 'އިންޓަނޭޝަނަލް ޑޭ އޮފް އެޑިޔުކޭޝަން' ފާހަގަ ކުރަމުން އަންނަ ދުވަހުގައެވެ.

  • ށ. ފުނަދޫ ސްކޫލު
  • މޭނާ ސްކޫލް، ނ. ހޮޅުދޫ
  • މަދްރަސަތުލް އިފްތިތާޙް، ޅ. ނައިފަރު
  • ކ. ގުރައިދޫ ސްކޫލް
  • އއ. އުކުޅަސް ސްކޫލް
  • އދ. އަތޮޅު ތަޢުލީމީ މަރުކަޒު، އދ. މަހިބަދޫ
  • އިހައްދޫ ސްކޫލް، ލ.ގަން
  • ގއ. އަތޮޅު ސްކޫލް، ގއ. ކޮލަމާފުށި
  • ގދ. މަޑަވެލި ސްކޫލް

ވޭތުވެދިޔަ ދެ އަހަރު ތެރޭ ބީއެމްއެލް އިން ވަނީ ރާއްޖޭގެ 29 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ.