ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔާޒީ މުހައްމަދު (ޑާޑި 28އ) ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެއެވެ.
ޑާޑި މަރުވީ އޭނާ މިހާރު ދިރިއުޅޭ މެލޭޝިއާގައި މިއަދު ކަސްރަތަށް ނުކުމެ އުޅެނިކޮށެވެ.
ޑާޑި ވަނީ އެލައިންޑް އިންޝިއުރެންސްގެ ޖެނެރަލް މެނޭޖަރުގެ މަގާމުވެސް އަދާކޮށްފައެވެ. ރާއްޖޭގައި ބޭނުންކުރި އެންމެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް ކަސްޓަމާ އެޖެންޓް، އެލައިޑުގެ "އޭޖެންޓް 1600" ތައާރަފުކުރީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރަކަށް ޑާޑި ހުރި އިރުއެވެ.
އޭނާ އަކީ ލޮޓީ ފައިލްސްގެ ކޯ ފައުންޑަރެކެވެ. ލޮޓީސް ފައިސްއަކީ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް ބޭނުންވާ އެނިމޭޝަނެއް ތައްޔާރުކުރުމަށް ދިވެހި ވެބް ޑިވެލޮޕަރުންތަކެއް ގުޅިގެން އުފެއްދި ކުންފުންޏެކެވެ. ލޮޓީސް ފައިލްސްއަށް ދުނިޔޭގެ ސަމާލުކަން ލިބިފައިވާއިރު މައިކްރޮސޮފްޓުން ވެސް ވަނީ ލޮޓީ ފައިލްސައަށް އިންވެސްޓު ކޮށްފައެވެ.
މީގެ އިތުރުން ޑާޑި އަކީ ރާއްޖޭގެ ސްޓާޓަޕްތަކަށް އެހީވުމަށް އުފައްދާފައިވާ ކޮންސަލްޓެންސީ ފާމެއް ކަމަށްވާ ސްޕާކް ހަބްގެވެސް ކޯ ފައުންޑަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު