އައްޑޫ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން އައި މީހަކު މަރުވެ، އެބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ 268 އަށް އަރައިފިއެވެ.
އެޗްޕީއޭ އިން ބުނީ، އައްޑޫ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 76 އަހަރުގެ ފިރިހެނަކު މިއަދު ހެނދުނު 9:00ގައި މަރުވެފައިވާ ކަމަށެވެ.
މިއީ ކޮވިޑު ޖެހިގެން މިއަދުގެ މިހާތަނަށް މަރުވި ތިން ވަނަ މީހާއެވެ. މިއަދު އެންމެ ފުރަތަމަ މަރުވީ ލާމު ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން އައި 79 އަހަރުގެ ފިރިހެނެކެވެ. ދެވަނައަށް މަރުވެފައި ވަނީ ހުޅުމާލޭ ކޮވިޑު ފެސިލިޓީގައި ފަރިވާ ދެމުން އައި 63 އަހަރުގެ އަންހެނެކެވެ. މި ދެ މީހުންނަކީވެސް ލ. ފޮނަދޫއަށް ނިސްބަތްވާ ދެމީހުންނެވެ.
މާލެ ފިޔަވައި ކޮވިޑު ބަލީގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ އައްޑޫ ސިޓީންނެވެ.
މިއަދުގެ ތިން މަރާއެކު ރާއްޖެއިން މިހާތަނަށް 268 މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ 250 ދިވެހިންނާއި 18 ބިދޭސީ އެކެވެ.
ޚަބަރު
ޚަބަރު