ރާއްޖެ ޓީވީގައި ގިނަ ދުވަސް ވަންދެން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ތަހާރަތު މުހައްމަދު ވަހީދަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ސިޔާސީ މަގާމެއް ދީފި އެވެ.
ތަހާރަތަށް ދީފައިވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމެވެ. އެ މަގާމުގެ މުސާރައާއި އިނާޔަތްތަކާއެކު މަހަކު 25،000 އަށްވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ.
ތަހާރަތަކީ މީގެ ކުރިން ރާއްޖެ ޓީވީގައި މަސައްކަތް ކުރުމަށްފަހު، އަމިއްލަ ނޫހެއް އުފައްދައިގެން މަސައްކަތް ކުރަމުން އައި މީހެކެވެ. އޭނާ ފާޅުގައި ސިޔާސީ ހަރަކާތްތަކުގައި އުޅުނުތަނެއް ފެނިފައެއް ނުވެ އެވެ.
ތަހާރަތަކީ ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްގެން ހުރި މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު