ސްޓެލްކޯއިން ކ. ގާފަރުގައި ބެހެއްޓި ފެން ޕްލާންޓުން އެރަށުގެ ރައްޔިތުންނަށް ފެން ދޫކުރަން ފަށައިފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ އެކުންފުނިން ގާފަރުގައި ބަހައްޓާފައިވާ 15 ޓަނުގެ ދެ އާރްއޯ ޕްލާންޓުން ރައްޔިތުންގެ އާންމު ބޭނުންތަކަށް ހިލޭ ފެން ދޫކުރަން ފަށާފައިވާ ކަމަށެވެ. އެގޮތަށް ފެން ދޫކުރަން ނިންމާފައިވަނީ އެރަށުގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމަކީ ގެތަކަށް ނެޓްވޯކް ހޮޅި ގުޅާގޮތަށް ހަދާފައިވާ ނިޒާމަކަށް ނުވާތީ ކަމަށް އެކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ އެރަށުގެ ކޮންމެ ރައްޔިތަކަށްވެސް ދުވާލަކު ދޫކުރާނީ 20 ލީޓަރުގެ ފެން ކަމަށާއި ފެން ދޫކުރަން ހަމަޖައްސާފައިވަނީ ފެން ޕްލާންޓުގެ ބޭރުގައި ހަރުކޮށްފައިވާ ފެން އިސްކުރުން ކަމަށެވެ.
ސްޓެލްކޯއިން އިތުރަށް ބުން ފެން ޕްލާންޓުން ފެން ދޫކުރުމަށް ހަމަޖައްސާފައިވަނީ ކޮންމެ ދުވަހެއްގެވެސް 16:00 އިން 18:00 އަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު