ލައިފް ސްޓައިލް

1984 ވަނަ އަހަރުގެ ސްޕައިޑަމޭން ކޮމިކް ފޮތެއްގެ އެންމެ ގަނޑެއް 3.3 މިލިއަން ޑޮލަރަށް ވިކިއްޖެ

1984 ވަނަ އަހަރުގެ ސްޕައިޑާމޭން ކޮމިކް ފޮތެއްގެ އެންމެ ގަނޑެއް 3.3 މިލިއަން ޑޮލަރަށް ވިކިއްޖެއެވެ.

އެމެރިކާގައި ކުރިއަށް ދިޔަ ނީލަމެއްގައި 1984 ވަނަ އަހަރުގެ ކޮމިކް ފޮތެއްގެ މި ގަނޑު މިހާ ބޮޑު އަގެއްގައި ވިކިފައިވާތީ، މި ކަން ވަނީ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައެވެ.

މައިކް ޒެކްގެ ކުރެހުން ހިމެނޭ 25 ސަފުހާގެ މައްޗަށް އެކުލެވޭ މާވެލް ކޮމިކް ފޮތް ''ސީކްރެޓް ވޯސް ނަމްބަރު.8'' ގައި ވަނީ ފުރަތަމަ ފަހަރަށް ގެނެސްދީފައިވާ ސްޕައިޑާމޭންގެ ކަޅު ކޮސްޓިއުމަކީ އޭގެ މާފަހުން މާވެލް އިން އުފެއްދި ނެގެޓިވް ކެރެކްޓާ ވެނޮމްގެ އަސްލު އުފެދިގެން އައި ގޮތްކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގެ ދެއްލާސް، ޓެކްސާސްގައި ކުރިއަށްދިޔަ ހަތަރު ދުވަހުގެ ކޮމިކް އިވެންޓު ހެރިޓޭޖް އޯކްޝަން ގައި މި ކޮމިކް ފޮތުގެ ސަފުހާ ނީލަން ކިޔަން ފެށިފައިވަނީވެސް 330،000 އެމެރިކާ ޑޮލަރުންނެވެ. މި އަގު މަތިވަމުން ގޮސް ފުރަތަމަ ދުވަހުވެސް ވަނީ 3 މިލިއަން ޑޮލަރަށް އަރާފައެވެ.

ހެރިޓޭޖް އޯކްޝަންގެ ޓުވީޓު---

މިއީ ކޮމިކް ފޮތެއްގެ ގަނޑެއް މިހާ އަގުބޮޑުކޮށް ވިކުނު ފުރަތަމަ ފަހަރު ކަމުގައި ހެރިޓޭޖް އޮކްޝަނުން ބުނެއެވެ. މީގެ ކުރިން އެ ރެކޯޑު ހަދާފައިވަނީ 1974 ވަނަ އަހަރުގެ ''ދި އިންކްރެޑިބަލް ހަލްކު'' ގައި ހިމެނުނު ވުލްވެރިންގެ ފުރަތަމަ ފެނިލުން ހިމެނޭ ކުރެހުމެކެވެ. އެއީ 657،250 މިލިއަން ޑޮލަރަށް ވިކިގެންނެވެ.

ހެރިޓޭޖް އޯކްޝަންގެ ޓުވީޓު---