ރ. އަތޮޅުގެ އެންމެ ހުޅަނގަށް އޮންނަ މާށިގިރިން އަތު ބޮމެއް ފެނިގެން ސިފައިންނާ ހަވާލުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އެރަށަށް ދިޔަ ބަޔަކަށް އަތު ބޮމެއް ފެނިގެން ރިޕޯޓްކުރީ މިމަހުގެ އެއްވަނަ ދުވަހު ކަމަށެވެ.
އަދި އެ އެއްޗަކީ އަތުބޮމެއް ކަމަށް އެމްއެންޑީއެފުންވެސް މައުލޫމާތު ދީފައިވާ ކަމަށް ވިދާޅުވިއެވެ.
އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެެފްގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު