މިއަހަރުގެ ފުރަތަމަ ހަފުތާ ތެރޭގައި މޯލްޑިވްސް އިންލެންޑް އޮތޯރިޓީ (މީރާ) އަށް 163 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.
މީރާއިން މިއަދު އާއްމުކުރި ވީކްލީ ރެވެނިއު ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހާ ހަމައަށް އާމްދަނީގެ ގޮތުގައި 163،608،635 ރުފިޔާ ވަނީ ލިިބިފައެވެ. އަދި ނިމިދިޔަ ޑިސެމްބަރު މަހުގެ އެންމެ ފަހު ހަފުތާ ތެރޭގައި އެކަނިވެސް އެއް ބިލިއަން ރުފިޔާގެ އާމްދަނީ އެއް އެ އޮތޯރިޓީ އަށް ވަނީ ލިބިފައެވެ.
ފާއިތުވި ޑިސެމްބަރު މަހުގައި މީރާއަށް ލިބުނު ޖުމުލަ އާމްދަނީ އަކީ 2.03 ބިލިއަން ރުފިޔާއެވެ.
- - ވިޔަފާރި ފައިދާ ޓެކްސް/ ކޯޕަރޭޓް އިންކަމް ޓެކްސް: 42,833,264ރ
- - ނޮން ރެސިޑެންޓް ވިތްހޯލްޑިން ޓެކްސް: 6,678,884ރ
- - ޖީއެސްޓީ (ޓޫރިޒަމް ސެކްޓަރ): 12,527,920ރ
- - ޖީއެސްޓީ (ޖެނެރަލް ސެކްޓަރ): 13,625,255ރ
- - ގްރީން ޓެކްސް: 3,151,203ރ
- - އެއާޕޯޓް ސާވިސް ޗާޖް: 281,272ރ
- - އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 281,272ރ
- - ޓޫރިޒަމް ލޭންޑް ރެންޓް ފީ: 53,854,082ރ
- - އެހެނިހެން ޓެކްސް އާއި ފީ: 30,375,482ރ
މީރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވި އަހަރުގެ ޖުމުލަ އާމްދަނީގެ ގޮތުގައި 15.7 ބިލިއަން ރުފިޔާ އެ އޮތޯރިޓީއަށް ވަނީ ލިބިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު