ވިޔަފާރީގެ ދާއިރާއަށް ޒުވާނުން ނެރުމަށް ކުރިއަށްގެންދިޔަ މުބާރާތް ކާމިޔާބު ކުރި 23 ވިޔަފާރިއަކަށް ހިލޭ އެހީގެ ގޮތުގައި 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
މި މުބާރާތް ކުރިއަށްގެންދިޔައީ "ޕިޗްއަޕް ޔޫތު އޮންޓްޕްރިނިއާޝިޕް ޗެލެންޖު"ގެ ނަމުގައެވެ. މި މުބާރާތަކީ މީރީ ޕްރޮޖެކްޓުގެ ފަރާތުން ޒުވާނުންނަށް ހާއްސަކޮށްގެން އުފެއްދުންތެރި ވިޔަފާރީގެ ހިޔާލެއް ހުށަހަޅައި، އެ ހިޔާލަށް ދިރުން ގެނެސްދީ، ކާމިޔާބު ވިޔަފާރިއެއް އުފެއްދުމަށް ހިންގި ޗެލެންޖެކެވެ.
މި މުބާރަތް ކުރިއަށްގެންދިޔައީ 18 އަހަރާއި 35 އަހަރުގެ ޒުވާނުންނަށް ހާއްސަ ކޮށްގެންނެވެ. ޕިޗްއަޕް ފަރުމާކޮށްފައިވަނީ ވިޔަފާރިއެއް ތަރައްގީ ކުރާނެގޮތުގެ ހިޔާލެއް ހުށަހަޅައިގެން، ފައިސާގެ އެހީ އާއި ތަމްރީނު އަދި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭނެ ގޮތަށެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި މުބާރަތް ކާމިޔާބުކުރި ފަރާތްތަކަށް އެވޯޑް ހަވާލުކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި 23 އާ ވިޔަފާރިއަކަށް ޖުމުލަ 12.4 މިލިއަން ރުފިޔާގެ ހިލޭ އެހީ އެވޯޑްކޮށްފައިވާ ކަމަށެވެ.
ހިލޭ އެހީ ދިން 23 ވިޔަފާރީގެ ތެރެއިން ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ހަ ވިޔަފާރި ހިމެނެއެވެ. ޓޫރިޒަމްއާ ގުޅުންހުރި އުމްރާނީ މަސައްކަތުގެ ދާއިރާއިން އެއް ވިޔަފާރިއެއް ހިމެނެއެވެ. އަދި އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީގެ ދާއިރާއިން ފަސް ވިޔަފާރިއެއް ހިމެނޭ އިރު، ދަނޑުވެރިކަމުގެ ދާއިރާއިން 11 ވިޔަފާރިއެއް ހިމެނެއެވެ.
މީރީ ޕްރޮޖެކްޓުގެ ޕްރޮޖެކްޓު މެނޭޖަރު އަލީ ޝަރީފް ވިދާޅުވީ އެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި މުބާރާތަށް ޖުމުލަ 192 ހިޔާލު ހުށަހެޅުނު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު