ޚަބަރު

ދިރާގުގެ ފައިބާ ބްރޯޑްބޭންޑާއި ޓީވީގެ ހިދުމަތް ހުޅުދުއްފާރަށް

މުހައްމަދު ޖަމްޝަތް ވަހީދު

ދިރާގު ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް ރ. ހުޅުދުއްފާރަށް ތައާރަފުކޮށް މިއަދު ހިދުމަތް ދޭން ފަށައިފިއެވެ.

ދިރާގުން ބުނީ ހުޅުދުއްފާރަށް އެ ހިދުމަތް ދޭން ފަށާފައި ވަނީ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންތަކާ އެކުގައި ކަމަށެވެ. އެގޮތުން ބްރޯޑްބޭންޑުގެ ހިދުމަތައް އެދޭ ކަސްޓަމަރުންނަށް، ކަނެކްޝަން ހިލޭ ގުޅައިދިނުމާ އެކު ރައުޓަރުވެސް ހިލޭ ލިބޭނެ ކަމަށާއި އަދި ޓީވީގެ ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ޑީކޯޑަރާއެކު ކަނެކްޝަންވެސް ހިލޭ ލިބޭނެ ކަމަށް ބުންޏެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. މިހާތަނަށް ރާއްޖޭގެ 75 ރަށަކަށް ދިރާގުގެ ހައިސްޕީޑް ފައިބާ އިންޓަނެޓް ދޭން ފަށާފައިވާ އިރު، އެއީ އާބާދީގެ 82 ޕަސެންޓަށް ވުރެ ބޮޑުބައެއް ކަމަށް ދިރާގުން ބުނެއެވެ.

އަދި 100 އަށްވުރެ ގިނަ ޗެނަލްތަކާއެކު ހިދުމަތް ދެމުން އަންނަ ދިރާގު ޓީވީއަކީ ރާއްޖޭގައި އައިޕީ ޓީވީގެ ހިދުމަތް ދޭ ހަމައެކަނި ކުންފުންޏެވެ. މިހާތަނަށް ރާއްޖޭގެ 82 ޕަސެންޓް ގޭބިސީއަށް ދިރާގު ޓީވީ ހިމަތް ފޯރުކޮށްދީފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.