ޓެކްނޮލޮޖީ

ކުލަ ބަދަލުކޮށްލެވޭ ކާރެއް އުފައްދައިފި

މުހައްމަދު ޖަމްޝަތް ވަހީދު

2

ޖަރުމަނުގެ ކާރު އުފައްދާ މަޝްހޫރު ކުންފުނި، "ބީއެމްޑަބްލިއު" އިން ކުލަ ބަދަލުކޮށްލެވޭ ކާރެއް އުފައްދައިފިއެވެ.

އެމެރިކާގެ ލާސްވެގަސް ގައި ކުރިއަށް ދާ ކޮންސިއުމާ އިލެކްޓްރޯނިކް ޝޯގައި ތައާރަފުކުރި މިކާރުގެ ކުލަ، އެޕްލިކޭޝަނެއް މެދުވެރިކޮށް ސްމާޓް ފޯނުގެ އެހީގައި ބަދަލުކޮށްލެވެއެވެ.

"ބީއެމްޑަބްލިއު އައި އެކްސް ފްލޯ" ގެ ނަމުން ނަންދީފައިވާ މިކާރު އުފައްދާފައިވަނީ "އީ އިންކް" ކިޔާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެނެވެ. މިއީ މުޅި ދުނިޔޭގައިވެސް އުފެއްދި މިޒާތުގެ ފުރަތަމަ ކާރުކަމަށް އެކުންފުނިން ބުނެއެވެ.

ބީއެމްޑަބްލިއު އިން ތައާރަފުކުރާ ކުލަ ބަދަލުކޮށްލެވޭ ކާރު ---

އެކުންފުނިން ބުނާގޮތުގައި މިކާރުގެ ކުލަ ބަދަލުކޮށްލަން އެއްވެސް ހަކަތައެއް ބޭނުމެއް ނުވާނެ އެވެ. މިވަގުތު ކާރުގެ ކުލަ، ހުދާއި އަޅި ކުލައަށް އެކަނި ބަދަލުކުރެވުނުކަމުގައި ވީނަމަވެސް އިތުރު ކުލަތަކަށް ބަދަލުކުރެވޭނެހެން ކާރު އިތުރަށް ފައްކާ ކުރާނެ ކަމަށް ވެސް މީއެމްޑަބްލިޔުއިން ބުނެއެވެ. ސްމާޓް ފޯނުގެ އިތުރުން ކާރުގެ ޑޭޝްބޯޑުންނާއި އަތުގެ އިޝާރާތުންވެސް ކުލަ ބަދަލުކުރެވޭނެހެން ކާރަށް ބަދަލުތަކެއް ގެންނާނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.