ށ. ފީވަކު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.

އެ މަޝްރޫއު ކުރިއަށްގެންދިޔަ އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން 2،940 މީޓަރުގެ ސަރަހައްދެއް ކޮނުމާއި، ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 4،511.70 މީޓަރުގެ ސަރަހައްދަކަށް ވެލި އެޅުމާއި 15،039 މީޓަރުގެ ސަރަހައްދެއް ކޮމްޕެކްޓް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން 750.40 މީޓަރުގެ ސަރަހައްދެއްގައި ކާބް ޖެހުމާއި 460.29 މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ އިތުރުން އެ މަޝްރޫއުގެ ދަށުން ފެންހިންދާ ނިޒާމެއްވެސް ގާއިމު ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ މަޝްރޫއަކީ 2.68 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ 12 މަސައްކަތް ނިންމައިފައެވެ.