ރާއްޖޭގެ ޓެލެގުރާމް ގުރޫޕެއްގައި މަސްތުވާތަކެތި އިސްތިހާރުކޮށް، އޭގެ ވިޔަފާރިކުރާ މައްސަލައެއް ފުލުުހުންގެ ސަމާލުކަމަށް އައިސް، އެ މައްސަލަ ބަލަން ފަށައިފިއެވެ.
އެ ޓެލެގުރާމް ގުރޫޕުގައި މަސްތުވާތަކެތީގެ އެކި ބާވަތްތަކުގެ ފޮޓޯއާއި އޭގެ އަގާއެކު ދަނީ އިސްތިހާރު ކުރަމުންނެވެ. އަދި އެތަކެތި ގަންނަން ބޭނުންވާ މީހުން ޖެހެނީ ވިއްކާ މީހާއަށް މެސެޖު ކުރާށެވެ. ގުޅޭނެ ނަންބަރެއް ދީފައެއް ނެތެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް ރޭ ވިދާޅުވީ، އެފަދަ ގުރޫޕެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.
ޓެލެގުރާމުގައި މީގެ ކުރިންވެސް މަސްތުވާތަކެތި ޕްރޮމޯޓް ކުރާ ގުރޫޕުތައް ހިންގައެވެ. އަދި އަންހެން ކުދިންގެ ބަރަހަނާ ވީޑިއޯއާއި ފޮޓޯ ހިމެނޭ ގުރޫޕުތަކާއި ހަށިވިއްކުމަށް ބާރު އަޅާ ގުރޫޕުތައްވެސް ޓެލްގްރާމުން ދޭތެރެ ދޭތެރެއިން ފެނެއެވެ.
ޚަބަރު
ޚަބަރު